މާޅޮސްމަޑުލު ދެންކުނުބުރީ ތުޅާދޫގައި މިހާތަނަށް އިމާރާތް ކޮށްފައިވާ އެންމެ ބޮޑު މިސްކިތް މިއަދު ހުކުރު ނަމާދަށްފަހު ބަންދު ކޮށްފިއެވެ.
ތުޅާދޫ ކައުންސިލުން ޢާންމު ކޮށްފައިވާ އިޢުލާންގައި ވަނީ 10 މާރޗް 2023 ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު “މަސްޖިދުއްސަޢާދާ” މަރާމާތު ކުރުމަށްޓަކައި ބަންދު ކުރެވޭނެ ކަމަށެވެ.
މިސްކިތް މަރާމާތުކުރުމުގެ “މި މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ޔަޤީންކުރާ ހާލު، މިސްކިތް ބަންދުވުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ” ކަމަށްވެސް ކައުންސިލްގެ އެ އިޢުލާންގައި ވެއެވެ.
“މަސްޖިދުއްސަޢާދާ” މަރާމާތަށް މިއަދު ބަންދު ކުރިނަމަވެސް މަރާމާތުގެ މަސައްކަތް ނިންމާ އަލުން މިސްކިތް ހުޅުވާނެ ތާރީހެއް ތުޅާދޫ ކައުންސިލުން ބަޔާންކޮށްފައެއް ނުވެއެވެ. އަދި މަރާމާތުގެ މި މަސައްކަތަށް ހޭދަވާނެ މުއްދަތެއްވެސް ކައުންސިލުން ޢާއްމު ކޮށްފައެއް ނުވެއެވެ.



