ބ.ތުޅާދޫ ބަނދަރު ސަރަޙައްދުގައި އިމާރާތް ކޮށްފައިވާ ފިނި މައިޒާނެއް - ފޮޓޯ: ޝާމީން ޙުސައިން - ތުޅާދޫ އޮންލައިން

ހަޓްތަކާއި އިޖްތިމާއީ ތަންތަން ބޭނުން ކުރާނަމަ ހުއްދަ ހޯދަން ޖެހޭނެ – ކައުންސިލް

ހަޓްތަކާއި އިޖްތިމާއީ ތަންތަން ބޭނުން ކުރާނަމަ ހުއްދަ ހޯދަން ޖެހޭނެ – ކައުންސިލް

Share on twitter
Share on telegram

ބ.ތުޅާދޫގެ އާންމު ތަންތަނުގައި ހުރި ހަޓްތަކާއި އިޖްތިމާއީ ތަންތަން ބޭނުންކުރާނަމަ ކައުންސިލްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ކައުންސިލުން ފާސް ކޮށްފިއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 117 ވަނަ އާންމު ޖަލްސާއިން ނިންމާފައި ވަނީ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ އިޖުތިމާއީ ތަންތަން (ހޮޅުއަށި / ހަޓް)، ކަރަންޓް އަދި އެހެނިހެން ވަޞީލަތްތަކާއެކު، އިޖުތިމާއީ ނުވަތަ އެހެނިހެން ބޭނުންތައް ކުރުމުގައި ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

ރަށުގެ އާންމު ތަންތަނުގައި ހުރި ހަޓްތަކާއި އިޖްތިމާއީ ތަންތަން އެހެނިހެން ބޭނުންތަކަށް ބޭނުންކުރުމުގައި ކައުންސިލުގެ ހުއްދަ ހޯދައިގެން މެނުވީ ބޭނުންކުރުމާއި މެދު ގޮތެއް ނިންމުމަށް މި މައްސަލަ ހުށަހަޅާފައި ވަނީ ކައުންސިލް އިދާރާ އިންނެވެ،

ތުޅާދޫ ކައުންސިލުގައި 07 ކައުންސިލަރުން ތިއްބަވާއިރު މި މައްސަލަ އެޖެންޑާކުރި އާންމު ޖަލްސާއަށް ހާޟިރުވެފައި ވަނީ 05 ކައުންސިލަރުންނެވެ. ޖަލްސާއަށް ހާޟިރު ނުވާ 01 ކައުންސިލްރަކު ސަލާމުގައި ހުންނެވިއިރު އަނެއް ކައުންސިލަރު ރަށުން ބޭރުގައި ވާކަމަށް، އާންމު ކޮށްފައިވާ 117 ވަނަ އާންމު ޖަލްސާގެ ނިންމުމުގައި ވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.