ބ. ތުޅާދޫގެ ހުޅަނގު އުތުުރުން 7.7 ނޯޓިކަލް މޭލު ބޭރުން އުޅަނދެއްގެ ބައެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.
އެމްއެންޑީއެފުން ރޭ ބުނި ގޮތުގައި ބ. ތުޅާދޫގެ ހުޅަނގު އުތުުރުން 7.7 ނޯޓިކަލް މޭލު ބޭރުން އުޅަނދެއްގެ ބައެއް އޮޔާދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އެ އުޅަނދުގެ ބައެއް އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވަނީ އެ ސަރަހައްދުން އިރު ދެކުނަށް ކަމަށްވެސް ބުންޏެވެ. އެހެން ކަމުން އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އަދި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވަނީ އެދިފައެވެ.



