ތުޅާދޫގައި އެއާޕޯޓް އަޅާދޭނެ ބަޔަކު ހޯދަނީ

ތުޅާދޫގައި އެއާޕޯޓް އަޅާދޭނެ ބަޔަކު ހޯދަނީ

Share on twitter
Share on telegram

ބ.ތުޅާދޫގެ އިތުރުން ރާއްޖޭގެ 5 ރަށެއްގައި އެއާޕޯޓް އަޅާދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މިކަމާ ގުޅިގެން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ކުރި އިއުލާނުގައި ވަނީ، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އާންމުކޮށް ދައުވަތު ހުޅުވާލާފައިވާ ކަމަށެވެ.

ރާއްޖޭގެ 6 ސަރަހައްދެއްގައި އެއަރޕޯޓު ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައިވެސް ސަރުކާރުން ހުޅުވާލިއެވެ. ނަމަވެސް ފަހުން ވަނީ އެއަރޕޯޓް ތަރައްގީކުރުމަށް ނުވަތަ އެއިން ބައެއް ތަރައްގީކުރުމަށް ފައިނޭންސް ކުރުމަށް ހުށައެޅޭގޮތަށް ބަދަލު ގެނެސް، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެންމެ މަދުން ހުށައެޅޭނެ އަގު 5 މިލިއަނުން 3 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

ޕްރޮޕޯސަލް ހުށަހަޅަން ސަރުކާރުން ހުޅުވާލާފައިވަނީ، ހދ. މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރާއި، ށ. ބިލަތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރާއި، ބ. ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރާއި، ތ. ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރާއި، ފ. މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރު އަދި ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރަށް ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ޕްރޮޕޯސަލް ހުށަހަޅާއިރު ފައިނޭންސްކުރުމަށް ހުށަހަޅާ އެއާޕޯޓަކީ ކޮބައިކަން ބަޔާންކުރަންވާނެ ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓް ތެރޭގައި އެއަރޕޯޓަކަށް ދެވޭވަރަށް އެކި ސަރަހައްދުތަކުގައި އެއަރޕޯޓުތައް ތަރައްގީ ކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.

މިހާރު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއެކު 14 އެއާޕޯޓެއް ވަނީ ތަރައްޤީކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.