128 ބައިވެރިންނާއެކު ތުޅާދޫ ކައުންސިލްގެ ޤުރުޢާން މުބާރާތް ފަށައިފި

128 ބައިވެރިންނާއެކު ތުޅާދޫ ކައުންސިލްގެ ޤުރުޢާން މުބާރާތް ފަށައިފި

Share on twitter
Share on telegram

128 ބައިވެރިންނާއެކު ތުޅާދޫ ކައުންސިލުގެ ޤުރުޢާން މުބާރާތް 1444، ފަށައިފިއެވެ.

ތުޅާދޫ ކައުންސިލުން އިންތިޒާމްކުރާ މި މުބާރާތަކީ އަގުހުރި އެތައް އިނާމުތަކަކާއިއެކު ބާއްވާ މުބާރާތެކެވެ.

މި މުބާރާތް ކުރިއަށްދާނީ އެކި އުމުރުފުރާތަކަށް ބަހާލައިގެންނެވެ. އެގޮތުން ޖުމްލަ 6 އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ހިމެނެނި 4 އަހަރާއި 6 އަހަރާ ދެމެދުގެ އުމުރުފުރާ އާއި، 9 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ އުމުރުފުރައެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާނީ ރާއްޖޭގެ ނިސްބަތުން، ގިނަ މުބާރާތްތަކެއްގައި ފަނޑިޔާރު ކޮށްފައިވާ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށްފައިވާ ގާބިލް ތިން ފަނޑިޔާރުންނެވެ.

މުބާރާތުގައި ގިނަ ވަނަތަކެއް ހޮވަން ކަނޑައަޅާފައިވެއެވެ. އެގޮތުން މުޅި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. އަދި ފަނޑިޔާރުން ފާހަގަކުރައްވާ އެންމެ މޮޅު 12 ބައިވެރިން ހޮވާނެއެވެ. މީގެއިތުރުން ކޮންމެ އުމުރުފުރައަކުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. އަދި ކޮންމެ އުމުރުފުރާއަކުންވެސް ނުބަލާ ކިޔުމުގެ ބައިން ވަނަތައް ހޮވަން ނިންމާފައިވެއެވެ.

ރަށު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވެފައިވާ އެންމެ ހަގު ބައިވެރިޔާގެ އުމުރަކީ 4 އަހަރެވެ. އަދި އުމުރުން އެންމެ ދޮށީ ބައިވެރިޔާގެ އުމުރަކީ 74 އަހަރެވެ.

ތުޅާދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިއުމުގައި ހެޔޮއެދޭ ފަރާތްތަކާއި ކުންފުނިތަކާއި ވިޔަފާރިވެރިންގެ ދީލަތި އެހީތެރިކަން ލިބިފައިވެއެވެ. އަދި ޖުމްލަކޮށް ތުޅާދޫގެ އެންމެހައި ރައްޔިތުންގެ އެއްބާރުލުން މި މުބާރަތް ކުރިއަށް ގެންދިއުމަށް ލިބެމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ.

މުބާރާތް ކުރިއަށްދާނީ މިހިނގާ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.