އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް --- ފޮޓޯ: އެމްޑަބްލިޔުއެސްސީ

ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ދެ މަސް ތެރޭގައި ނިންމާލެވޭނެ

ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ދެ މަސް ތެރޭގައި ނިންމާލެވޭނެ

Share on twitter
Share on telegram

ބ.ގޮއިދޫގައި އެމްޑަބްލިޔުއެސްސީ އިން ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއު، ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މުޅިން ނިންމައިލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީ އާއި މި މަސައްކަތް ސަރުކާރުން ހަވާލުކުރީ 2019 ވަނަ އަހަރުއެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑުގެ ސަބަބުން އެމްޑަބްލިޔުއެސްސީން ރަށްރަށުގައި ކުރަމުން އަންނަ ބައެއް މަސައްކަތްތައް އެންމެ ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ. އެގޮތުން ރަށްރަށް މޮނީޓަރިންނަށް ލުމާއި ގިނަ ސިވިލް އިންޖިނިއަރުން ކަރަންޓީންގައި ތިބުމާއި ތަކެތި ގެނައުމުގެ ދަތިތައް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް ދަތިތަކާއެކުވެސް އެއްވެސް މަޝްރޫއެއްގެ މަސައްކަތް ނުހުއްޓޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މިހާރުގެ އަމާޒަކީ 2019ވަނަ އަހަރުގެ ތެރޭގައި އެކުންފުންޏާ ހަވާލުކުރި ހަތަރު ރަށުގެ ތެރޭގައި ހިމެނޭ ބ.ގޮއިދޫ ގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރިއަށް އޮތް މަހެއް، ދެމަހެއްގެ ތެރޭގައި ނިންމައި ސަރުކާރާ ހަވާލު ކުރުމަށް ކަމަށް ޝާހު ވިދާޅުވި އެވެ.

ޝާހް ވިދާޅުވީ، އެރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިންމާލެވިފައިވާ ކަމަށާއި އެގޮތުން ބައެއް ރަށްރަށުގައި ތާނގީތައް ހެދި ބައެއް ތާނގީތަކަށް ފެން އެޅި ޓެސްޓު ކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.