ކަރަންޓީން ނުވާ ގޮތަށް ތުޅާދޫއަށް ބަޔަކު ގެނައުމަށް ތުޅާދޫ ކައުންސިލްގެ ލެޓަރހެޑްގައި، އެޗްޕީއޭއަށް ސިޓީ ފޮނުވާފައި ވަނީ ތުޅާދޫ ކައުންސިލްގެ ރައީސް އަށް އެނގުމަކާ ނުލާ ކަމަށް ކައުންސިލްގެ ރައީސް އިބްރާޙީމް އާދިލް ވިޖާޅުވެއްޖެއެވެ.
އޮންލައިން ނޫސް “މިހާރު” އަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ކައުންސިލްގެ ރައީސް ވިދާޅުވެފައި ވަނީ ކަރަންޓީންވުމަކާއި ނުލައި ތުޅާދޫއަށް ރޭ މީހަކު އަރާފައި ވަނީ ރައީސްއަށް ނޭނގި ކަމަށާއި، ތުޅާދޫ ކައުންސިލްގެ ލެޓަރހެޑްގައި ލިޔެ އެޗްޕީއޭއަށް ސިޓީ ފޮނުވާފައި ވަނީ ރައީސްގެ ޑިޖިޓަލް ސިގްނޭޗަރ ބޭނުން ކޮށްގެން އެހެން ބަޔަކު ކަމަށްވެސް ރައީސް ވަނީ ވިދާޅު ވެފައެވެ.
ރައީސް އާދިލް ވަނީ އެޗްޕީއޭއަށް ފޮނުވާފައިވާ ސިޓީގެ ސައްހަކަމާމެދު ސުވާލު އުފައްދަވައި، އެކަން ކުރިބަޔަކު ހޯދައި އެބަޔަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅު ވެފައެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، ކައުންސިލް ރައީސްގެ އެދުމުގެ މަތިން، ރައީސަށް ނޭގި ރައީސްގެ ޑިޖިޓަލް ސޮއި ބޭނުން ކޮށްގެން އެޗްޕީއޭއަށް ސިޓީއެއް ފޮނުވާފައިވާ މައްސަލައެއް މިއަދު އިދާރީ ގޮތުން ބަލަމުންދާ ކަމަށާއި ރައީސްގެ ހުއްދަ ނެތި ސޮއި ބޭނުންކޮށްގެން އެ ޢަމަލު ހިންގި ފަރާތް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، ބަޔަކު ހިންގި މި ޢަމަލުގެ ސަބަބުން ތުޅާދޫ ކައުންސިލްގެ އަގު ވެއްޓުމުގެ އިތުރުން އެ އިދާރާގައި މަސައްކަތް ކުރާ ސިވިލްސާވިސްގެ މުވައްޒަފުންނާއި މެދު ރައްޔިތުން ކުރަމުންދާ އިތުބާރު ގެއްލެމުން ދާކަމަށެވެ. އަދި މިކަން ފުލުހުންގެ ސަމާލުކަމަށް ގެނެސް އެ ޢަމަލު ހިމްގި ފަރާތްތަކުގެ މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށްވެސް ހުށަހަޅާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ތުޅާދޫ ކައުންސިލްގެ ލެޓަރހެޑްގައި ކައުންސިލްގެ ރައީސްގެ ސޮއި ހިމަނާ އެޗްޕީއޭ އަށް ފޮނުވާފައިވާ ސިޓީއެއް ސޯސަލްމީޑިއާގައި ރޭ ވަނީ ދައުރު ކުރަން ފަށާފައެވެ. އަދި އެ ސިޓިގައި ބޭނުން ކޮށްފައިވާ ސިޓީ ނަންބަރަކީ، ނަންބަރު ނަކަލުކުރުމަށް ބޭނުންކުރާ ވިއުގައިގެ ބޭނުންކޮށްގެން ނަކަލުކޮށްފައިވާ ނަންބަރެއް ނޫންކަން ތުޅާދޫ އޮންލައިނަށް ވަނީ ކަށަވަރު ކުރެވިފައެވެ.
މި މައްސަލައާއި ގުޅިގެން ރެއާއި މިއަދުގެ އެކި ވަގުތު ތަކުގައި ކައުންސިލްގެ ރައީސް އިބްރާޙީމް އާދިލް އަށް ތަކުރާރުކޮށް ތުޅާދޫ އޮންލައިންގެ ފަރާތުން ގުޅިނަމަވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.




2 Responses
kobaa mifaharu raees ‘jon’ nujassavaa thoa???
muzaaharaanukoh madumadun thibebala..inthihaabun baliveema haadha asrekurey eba dhen ves dhe anna dharakah reethi gothuga campaign kobbala..thihen kudakudhin ulheyhen u;huneema hatthahaa vaanee bali..dhen dhaany hulhunbu