ސިއްހީ ބޭނުމަށް މާލެ ގޮސް 24 ގަޑިއިރު ނުވާނަމަ ކަރަންޓީން ވާކަށް ނުޖެހޭ

ސިއްހީ ބޭނުމަށް މާލެ ގޮސް 24 ގަޑިއިރު ނުވާނަމަ ކަރަންޓީން ވާކަށް ނުޖެހޭ

Share on twitter
Share on telegram

ސިއްހީ ބޭނުމަށް މާލެ ގޮސް 24 ގަޑިއިރު ނުވާނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން މިރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެޗްއީއޯސީގެ ލީގަލް ކްލަސްޓާރގެ ހެޑް އިސްމާއިލް ޒާހިރު ވިދާޅުވީ އަލަށް ގެނެވުނު ބަދަލާއެކު ސިއްހީ ބޭނުމަށް ރައްރަށަށް ދަތުރުކުރުމަށްފަހު 24 ގަޑިއިރަށްވުރެ ގިނައިރު އެރަށެއްގައި ނުވާނަމަ ކަރަންޓީނުވާކަށް ނުޖެހޭނެ ކަމަށެވެ. މީގެތެރޭގައި މާލެއަށް ދަތުރުކުރުންވެސް ހިމެނޭ ކަމަށެވެ.

“ސިއްހީ ފަރުވާހޯދުމަށްޓަކާ ދަތުރުކުރާ ފަރާތްތައް 24 ގަޑިއިރަށްވުރެ ގިނައިރު ނުވާކަމަށް ވަންޏާމު އެރަށަށް ގޮސް އެނބުރި އައިސް ކަރަންޓީނުވާކަށް ނުޖެހޭނެ މީގެތެރޭގައި ހަމަ މާލެޔަށް ދަތުރުކުރުންވެސް ހިމެނޭ” އިސްމާއިލް ޒާހިރު ވިދާޅުވިއެވެ.

އިސްމާއިލް ޒާހިރު އިތުރަށް ވިދާޅުވީ، ސިއްހީ ބޭނުންތަކަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ކުރިން އެޗްއީއޯސީގެ ލީގަލް އަށް ލިޔެގެން ހުއްދަ ހޯދަން ޖެހުނު ނަމަވެސް މިހާރު އެމީހަކު ހުންނަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކުން އެމީހަކު ޑޮކްޓަރަށް ދެއްކުމަށްފަހު ރިފަރަލްއަކާ އެއްކޮށް އިތުރު ހުއްދައަކާއި ނުލާ އެހެން ރައްރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.

ސިއްހީ ބޭނުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދީފައި މިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ސިއްހީ އެހީތެރިކަން ހޯދުމުގައި ދިމާވާ ދަތިތަކުގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށެވެ.

ކޮވިޑް-19ގެ ކޭސްތައް މިދިޔަމަހު އިންތިހާއަށް އިތުރުވުމަށްފަހު މިމަހު މިހާރު އައްނަނީ އެއަދަދުތައް މަޑުމަޑުން ދަށަށް ދާން ފަށައިފައެވެ. މިގޮތުން ކުރިން ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވުވަމުން އައިސް އެއަދަދު މިހާރުވަނީ 500 އަށް ތިރިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.