އަގޯޓާ އެކްސްޕްރެސް ގެ ކެޕްޓަނާއި ފަޅުވެރިންގެ ސްކުން ނެގުން - ފޮޓޯ: ތުޅާދޫ އޮންލައިން

އަގޯޓާ އެކްސްޕްރެސްގެ ކެޕްޓަން ބޯޓް ތެރެއަށް ވެއްޓިފައި އޮއްވާ ފެނިއްޖެ

އަގޯޓާ އެކްސްޕްރެސްގެ ކެޕްޓަން ބޯޓް ތެރެއަށް ވެއްޓިފައި އޮއްވާ ފެނިއްޖެ

Share on twitter
Share on telegram

މާލެއާއި ތުޅާދޫ އާއި ދެމެދު ދަތުރު ކުރާ އަގޯޓާ އެކްސްޕްރެސްގެ ކެޕްޓަން ބޯޓު ތެރެއަށް ވެއްޓިފައި އޮއްވާ ފެނިއްޖެއެވެ.

މަންޒަރު ދުށް ފަރާތްތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި އަގޯޓާ އެކްސްޕްރެސްގެ ކެޕްޓަން ބޯޓު ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ބޯޓުން ބާލައި މިހާރު ވަނީ އަވަސް ފަރުވާއަށް ތުޅާދޫ ސިއްޙީމަރުކަޒަށް ގެން ގޮސްފައެވެ.

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސިއްޙީމަރުކަޒުން ފަރުވާ ހޯދަމުންދާ ބޯޓްގެ ކެޕްޓަންގެ ހާލު މިހާރު ރަނގަޅެވެ.

ބޯޓުގެ ކެޕްޓަންގެ އާއިލާއިން ތުޅާދޫ އޮންލައިންނަށް މަޢުލޫމާތު ދެމުން ބުނީ، ކެޕްޓަންގެ ހާލަތު ގޯސްވަމުން ދާކަން އާއިލާއަށް ފާހަގަ ކުރެވިގެން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިއަދު ހަވީރު އެކަން ގެނެސްފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރު ވިދާޅުވީ، ބޯޓުގެ ކެޕްޓަން ލޭމައްޗަށް ދާކަމަށް އާއިލާއިން މަޢުލޫމާތު ދިނުމުން، ކަމާބެހޭ ފަރާތްތައް ބޯޓްއޮތް ސަރަޙައްދަށް ގޮސް ކެޕްޓަންގެ އަރިހުން މައުލޫމާތު ސާފުކޮށް، ޑޮކްޓަރަށް ދެއްކުމަށް، ކެޕްޓަނާއި މަޝްވަރާކުރި ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް ކެޕްޓަން ދެކޮޅު ހަދާފައިވާކަމަށެވެ. މާހީނޫޒް އިތުރަށް ވިދާޅުވީ ތުޅާދޫއަކީ ކޮވިޑް-19ގެ ކޭސްތަކެއް ފެނިފައިވާ ރަށަކަށްވެފައި، އެ ބޯޓަކީ މާލެ އިން ތުޅާދޫއަށް ދަތުރު ކޮށްފައިވާ ބޯޓަކަށް ވާތީ، ބޯޓް ތުޅާދޫއަށް ބަނދަރު ކުރުމާއެކު، ބިދޭސީ ފަރާތްތައް ބޯޓުގައި ބޭތިއްބުމަށާއި ކެޕްޓަންއަށް ޓާސްކް ފޯސްގެ އެހީތެރިކަމާއެކު ގެޔަށްގޮސް ގޭގައި ވަކިން އެހެން ފަރާތްތަކާއި ކޮންޓެކްޓް ނުވާނެފަދަ ގޮތަކަށް ހުރެވިދާނެކަމަށާއި، އަދި ބޯޓުގެ ހާލަތު ބަލާލުމަށް ދާން ބޭނުން ކޮންމެ ވަގުތެއްގައި ކޮވިޑް ޓާސްކް ފޯސްގެ އެހީތެރިކަމާއެކު ބޯޓަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސައި ދެވިދާނެކަން ކެޕްޓަން އަށް އަންގާފައި ވީނަމަވެސް ގޭގައި އެހެން ފަރާތްތަކާއި ވަކިން ހުންނަން ޖެހޭތީ ބޯޓުން ފޭބުމަށް ކެޕްޓަން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި ކެޕްޓަން ބަލިވެ އުޅޭ ކަމުގެ މަޢުލޫމާތު ލިބުމުން މިރޭ އިރުއޮއްސުނު އިރުވެސް ކުރިން ދެންނެވިފައިވާ ޝަރުތުތަކާއެކު ގެއަށް ބަދަލު ވެވިދާނެކަން ކެޕްޓަން އަށް ސޯސިއަލް ސަޕޯޓް ޑެސްކުން އަންގާފައިވާ ކަމަށްވެސް މާހީނޫޒް ވިދާޅުވިއެވެ.

އަގޯޓާ އެކްސްޕަރެސްގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓީވް ވުމާއި ގުޅިގެން ބޯޓް ކަރަންޓީން ކުރުމަށްފަހު ކަރަންޓީނުން ދޫކޮށްލާފައި ވަނީ ނިމިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

ބޯޓް ކަރަންޓީނުން ދޫކޮށްލުމާއެކު ވަނީ މާލެއާއި ތުޅާދޫ އާއި ދެމެދު ދަތުރުތަށް ފަށާފައެވެ. މާލެ ދަތުރު ނިންމާ ބޯޓް ތުޅާދޫ އަށް ބަނދަރު ކޮށްފައި ހުކުރު ދުވަހުގެ ރޭ މެންދަމު 01:15 ހާއިރެވެ. ބޯޓް ތުޅާދޫއަށް ބަނދަރު ކުރި ނަމަވެސް ބޯޓްގެ ކެޕްޓަނާއި ފަޅުވެރިން ބޯޓުން ތުޅާދޫއަށް ފައިބާފައެއް ނުވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.