ތުޅާދޫ ބަނދަރު - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

ރަށުތެރެއިން ނެގި 51 ރެންޑަމް ސާމްޕަލުގެ ތެރެއިން 44 ސާމްޕަލް ނެގެޓިވް

ރަށުތެރެއިން ނެގި 51 ރެންޑަމް ސާމްޕަލުގެ ތެރެއިން 44 ސާމްޕަލް ނެގެޓިވް

Share on twitter
Share on telegram

ބ.ތުޅާދޫއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ވޭތުވެ ދިޔަ 03 ދުވަހު ރަށު ތެރެއިން ނަގާފައިވާ ސާމްޕަލް ތަކުގެ ތެރެއިން މިރޭ ނަތީޖާ ލިބުނު ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވް ވެއްޖެއެވެ.

ވޭތުވެ ދިޔަ 03 ދުވަހު ރެންޑަމް ސާމްޕަލްގެ ގޮތުގައި ރަށުތެރެއިން ޖުމްލަ 51 ސާމްޕަލް ވަނީ ނަގާފައެވެ. މި ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން މިރޭ ނަތީޖާ ލިބުނު 44 ސާމްޕަލްވެސް ވަނީ ނެގެޓިވް ވެފައެވެ.

ތުޅާދޫން ނަގާފައިވާ ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން ނަތީޖާ ނުލިބި ވަނީ އެންމެ 07 ސާމްޕަލެވެ.

ތުޅާދޫ ސިއްޙީމަރުކަޒުން މިރޭ ޢާންމު ކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން މިއަދު ތުޅާދޫން ޖުމްލަ 03 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. އެ 03 ސާމްޕަލަކީވެސް ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ނަގާފައިވާ 03 ސާމްޕަލެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 692 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 617 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 16 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫން މިބައްޔަށް ޖުމްލަ 59 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް ޖުމަލް 21 މީހުން ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 38 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.