ތުޅާދޫގެ މަގެއް - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

މިއަދު ބަލިން ފަސޭހަވީ 3 މީހުން، އެއްވެސް ފަރާތެއްގެ ނަތީޖާ ނުލިބޭ!

މިއަދު ބަލިން ފަސޭހަވީ 3 މީހުން، އެއްވެސް ފަރާތެއްގެ ނަތީޖާ ނުލިބޭ!

Share on twitter
Share on telegram

ބ.ތުޅާދޫއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެކި ދުވަސް މަތިން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ވެފައިވާ 59 ފަރާތުގެ ތެރެއިން 3 ފަރާތެއް މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ. އަދި ޓެސްޓް ކުރަން ފޮނުވާފައިވާ އެއްވެސް ސާމްޕަލެއްގެ ނަތީޖާ މިއަދު ލިބިފައެއް ނުވެއެވެ.

ތުޅާދޫ ސިއްޙީމަރުކަޒުން ޢާންމު ކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން މިއަދު ތުޅާދޫން ޖުމްލަ 17 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ނަގާފައިވާ 03 ސާމްޕަލާއި ރެންޑަމް ސާމްޕަލުގެ ގޮތުގައި ނަގާފައިވާ 14 ސާމްޕަލެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 689 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 573 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 57 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫން މިބައްޔަށް ޖުމްލަ 59 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް ޖުމަލް 21 މީހުން ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 38 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.