ތުޅާދޫގެ މަގެއް - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

ތުޅާދޫން އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

ތުޅާދޫން އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

Share on twitter
Share on telegram

ބ.ތުޅާދޫން އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ތުޅާދޫ ސިއްޙީމަރުކަޒުން ޢާންމު ކޮށްފައިވާ ތަފާތު ހިސާބު ތަކުން ދައްކާ ގޮތުން މިއަދު 2 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއަދު ޕޮޒިޓިވް ވެފައި ވަނީ ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ސާމްޕަލް ނަގާފައިވާ 2 މީހުން ނެވެ. ތުޅާދޫން މިއަދު ޕޮޒިޓިވް ވެފައި ވަނީ ބ.ތުޅާދޫ މޯހި ގޭގައި ދިރިއުޅޭ ދިވެއްސެއްގެ އިތުރުން ނިޔާމަ ބޯޓްގައި ފަޅުވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރާ ބިދޭސީ އެކެވެ.

ތުޅާދޫ ކައުންސިލުން ޢާންމު ކޮށްފައިވާ އިޢުލާންގައިވާ ގޮތުން ދިވެއްސެއް ޕޮޒިޓިވް ވެގެން މިއަދު ކަރަންޓީން ކުރި “މޯހި” އަކީ މުޅިން އަލަށް ކަރަންޓީން ކޮށްފައިވާ ގެއެކެވެ.

ބ. ތުޅާދޫން މިހާތަނަށް ޖުމްލަ 672 ސާމްޕަލެއް ވަނީ ނަގާފައެވެ. މީގެ ތެރެއިން 573 ފަރާތެއް ވަނީ ނެގެޓިވް  ވެފައެވެ. އަދި މިރޭ 22:30 އާއި ހަމައަށް ނަގާފައިވާ ސާމްޕަލުތަކުގެ ތެރެއިން 40 ސާމްޕަލެއްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫން މިބައްޔަށް ޖުމްލަ 59 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 18 މީހުން ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 41 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.