ބ.ތުޅާދޫއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެކި ދުވަސް މަތިން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ވެފައިވާ 57 ފަރާތުގެ ތެރެއިން 18 ފަރާތެއް ބަލިން ރަނގަޅު ވެއްޖެއެވެ.
ތުޅާދޫ ސިއްޙީމަރުކަޒުން ޢާންމު ކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން މިއަދު ތުޅާދޫން ޖުމްލަ 29 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ނަގާފައިވާ 07 ސާމްޕަލާއި ރެންޑަމް ސާމްޕަލުގެ ގޮތުގައި ނަގާފައިވާ 22 ސާމްޕަލެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 654 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 553 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 44 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫން މިބައްޔަށް ޖުމްލަ 57 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 18 މީހުން ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 39 އެވެ.



