ބ.ތުޅާދޫއާއި މާލެއާއި ދެމެދު ފެރީގެ ޚިދުމަތް ދެމުންދާ އެޓޯލް ކިއުޓްގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
އެޓޯލް ކިއުޓް އިން ރޭ އާންމު ކޮށްފައި ވަނީ ބ.އަތޮޅާއި މާލެއާއި ދެމެދު އެ ކުންފުނިން ކުރަމުންދާ ދަތުރުތައް 2021 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް މެދު ކަނޑާލާފައިވާ ކަމަށެވެ.
މީގެ އިތުރުން މާލެ ދަތުރުތައް ފެއްޓޭނެ އިންތިޒާމް ހަމަޖެހުމުން އެކަން އާންމުކޮށް ކަސްޓަމަރުންނާ ހިއްސާ ކުރާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެޓޯލް ކިއުޓް އަކީ މާލެއާއި ތުޅާދޫއާއި ދެމެދު މީހުން އުފުލުމަށް ފެރީ ކުރުމުގެ އިތުރުން ރައްޔިތުންނަށް ދަތުރު ފަތުރުގެ ދަތިކަން ތަޙައްމަލު ކުރަންޖެހޭ ވަގުތު ތަކުގައި ކާގޯ ފެރީގެ ޚިދުމަތްވެސް ތުޅާދޫ ރައްޔިތުންނަށް ފޯރުކޮށް ދެމުންދާ ކުންފުންޏެކެވެ.



