ބ.ތުޅާދޫ ސިއްޙީމަރުކަޒް - ފޮޓޯ: ތުޅާދޫ އޮންލައިން

އިތުރު ބިދޭސީއަކާއި ދިވެއްސެއް ފޮޒިޓިވް، ބަލި ފަސޭހަވި މީހުންގެ ޖުމްލަ 14 އަށް

އިތުރު ބިދޭސީއަކާއި ދިވެއްސެއް ފޮޒިޓިވް، ބަލި ފަސޭހަވި މީހުންގެ ޖުމްލަ 14 އަށް

Share on twitter
Share on telegram

ތުޅާދޫން މިރޭ އިތުރު 02 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިރޭ ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީއަކާއި ދިވެއްސެކެވެ.

މިރޭ ނަތީޖާ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ސާމްޕަލް ނަގާފައިވާ 02 މީހުންނެވެ. މި ދެ މީހުންނަކީވެސް މިވަގުތު ޕޮޒިޓިވް ކޭސްތަކެއް ދިރިއުޅޭ ގެތަކެއްގައި ދިރިއުޅެމުންދާ ދެމީހުންނެވެ. މި ދެ މީހުން ޕޮޒިޓިވް ވުމާއެކު “ބިނާކް” އާއި “ކޮޓަރިބަރި-4” ގެ ކަރަންޓީނުގެ މުއްދަތު އިތުރު ކުރެވިގެން ދާނެއެވެ.

މިއަދު ތުޅާދޫން ޖުމްލަ 12 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. މި 12 ސާމްޕަލަކީވެސް ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ނަގާފައިވާ ސާމްޕަލެވެ. މިއަދާ މިރޭ ތުޅާދޫން އެއްވެސް ރެންޑަމް ސާމްޕަލެއް ނަގާފައެއް ނުވެއެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 612 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 525 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 31 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫން މިބައްޔަށް ޖުމްލަ 56 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 14 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 42 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.