މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ނެގި ސާމްޕަލްތައް ޓެސްޓްކުރަން ފޮނުވޭނެ ގޮތެއް ނެތި ތުޅާދޫ މަރުކަޒުގައި

މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ނެގި ސާމްޕަލްތައް ޓެސްޓްކުރަން ފޮނުވޭނެ ގޮތެއް ނެތި ތުޅާދޫ މަރުކަޒުގައި

Share on twitter
Share on telegram

ކޮވިޑް-19 އާއި ގުޅިގެން އިއްޔެ ތުޅާދޫން ނެގި ސާމްޕަލްތައް، މޫސުން ގޯސްވުމުގެ ސަބަބުން ޓެސްޓްކުރަން ނުފޮނުވި ތުޅާދޫ ސިއްޙީމަރުކަޒުގައި ހުރި ކަމުގެ މަޢުލޫމާތު މުޢުތަބަރު ގޮތެއްގައި ތުޅާދޫ އޮންލައިނަށް ލިބިއްޖެއެވެ.

މިއަދު އިތުރަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވޭތޯ ބެލުމަށް، ތުޅާދޫ އޮންލައިނުން ތަކުރާރުކޮށް މިއަދުގެ އެކި ވަގުތު ތަކުގައި ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރަށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެ މަރުކަޒުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ގަދަ ވަޔާއެކު ވާރޭވެހި އަދި އާދަޔާ ޚިލާފަށް ކަނޑު ގަދަ ދުވަސްވަރަކަށްވާތީ ކަނޑު ދަތުރު ކުރުމުގައި ދަނީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތި ވަމުންނެވެ.

ތުޅާދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުނުތާ 14 ދުވަސް ވެގެން ގޮސްފައި ވާއިރު، ރޭ ނަތީޖާ ލިބުނު ހުރިހާ މީހުންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލޫ ކުލިނިކަށް ދެއްކި އެކަކާއި ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ސާމްޕަލް ނަގާފައިވާ 45 މީހުންގެ އިތުރުން ރެންޑަމް ސާމްޕަލްގެ ގޮތުގައި ސާމްޕަލް ނަގާފައިވާ 05 މީހުންނެވެ.

އިއްޔެ ތުޅާދޫން ޖުމްލަ 37 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލޫ ކްލިނިކަށް ދެއްކި 03 ފަރާތެއްގެ ސާމްޕަލާއި ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ނަގާފައިވާ 34 ސާމްޕަލެކެވެ. އިއްޔެ ތުޅާދޫން އެއްވެސް ރެންޑަމް ސާމްޕަލެއް ނަގާފައެއް ނުވެއެވެ.

ތުޅާދޫ ސިއްޙީމަރުކަރުން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ތުޅާދޫން މިހާތަނަށް ޖުމްލަ 583 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 492 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 37 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫން މިބައްޔަށް ޖުމްލަ 54 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 06 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 48 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.