ކޮވިޑް-19 ގެ ބަލިމަޑުކަން ތުޅާދޫއަށް ފެތުރިފައިވާ މިނުރައްކާތެރި ވަގުތު، ބޭނުން ކުރެވިދާނެ ބައެއް އާލާތްތަށް ތުޅާދޫގެ ހެޔޮއެދޭ ޖަމިއްޔާ ތަކަކުން ތުޅާދޫ ސިއްޙީމަރުކަޒަށާއި ކައުންސިލަށް ހަދިޔާ ކޮށްފިއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ޓާގެޓް ކޮމިއުނިޓީގެ އޮފިސަލަކު ވިދާޅުވީ، މި އެހީތެރި ކަަމަކީ ކޮވިޑް-19ގެ ޙާއްޞަ ހާލަތަށް އެހީތެރިވުމުގެ ގޮތުން ޓާގެޓް ކޮމިއުނިޓީގެ އިސްނެގުމުގެ މަތިން ތުޅާދޫގެ ހެޔޮއެދޭ ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންގެ ފަރާތުން ފޯރުކޮށް ދެވުނު އެހީތެރިކަމެއް ކަމަށެވެ.
ޓާގެޓް ކޮމިއުނިޓީގެ އޮފިޝަލް އިތުރަށް ވިދާޅުވީ މި އެހީތެރިކަން ފޯރުކޮށް ދިނުމުގައި ޓާގެޓް ކޮމިއުނިޓީގެ އިތުރުން ކަފަމާ ޔުނައިޓެޑާއި ގަލްފް ސްޕޯޓްސް އަދި ބްރައިޓް ބިޒް މޯލްޑިވްސް ބައިވެރިވެފައިވާ ކަމަށެވެ.

ރޭ ތުޅާދޫގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި 59 މާސްކް ފޮއްޓާއި އާއި 10 އަންގި ފޮއްޓާއި 8 ފޭސް ޝީލްޑާއި 2 ޕެކެޓް ޝީލްޑް ކެޕާއި 5 ލިޓަރުގެ ސެނިޓައިޒަރ ހަމެއްގެ އިތުރުން ޓެމްޕަރޭޗަރ މެޝިނެއްވެސް ވަނީ ތުޅާދޫ ސިއްޙީމަރުކަޒަށް ހަދިޔާ ކޮށްފައެވެ.
މީގެ އިތުރުން 59 މާސްކް ފޮއްޓާއި އާއި 28 އަންގި ފޮއްޓާއި 500 އެމް.އެލްގެ ސެނިޓައިޒަރ 6 ފުޅިޔާއި 5 ލިޓަރުގެ ސެނިޓައިޒަރ 2 ހަމުގެ އިތުރުން ތާމޯމީޓަރ އެއް ވަނީ ތުޅާދޫ ކައުންސިލަށް ހަދިޔާ ކޮށްފައެވެ.




One Response
Shukuriyya