ތުޅާދޫ ސިއްޙީމަރުކަޒް - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

ތުޅާދޫން ކޮވިޑަށް ޕޮޒިޓިވްވި އެކަކު ބަލިން ރަނގަޅު ވެއްޖެ

ތުޅާދޫން ކޮވިޑަށް ޕޮޒިޓިވްވި އެކަކު ބަލިން ރަނގަޅު ވެއްޖެ

Share on twitter
Share on telegram

ބ.ތުޅާދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ބަލިން ރަނގަޅު ވެގެން ދޫކޮށްލައިފިއެވެ.

ތުޅާދޫން މިހާތަނަށް 51 މީހަކަށް ކޮވިޑް-19 ޖެހުނު ނަމަވެސް މިއަދު ވަނީ އެކަކު ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 50 އެވެ.

ތުޅާދޫގެ މުޖުތަމައުން ކޮވިޑްގެ ކޭސްއެއް ފެނިފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އެއާ އެކު ބަލި ފެތުރުނަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ.

މިވަގުތުގެ ހިސާބުތަކަށް ބަލާއިރު ތުޅާދޫން މިހާތަނަށް ޖުމްލަ 498 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 409 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، ޖުމްލަ 51 މީހުން ވަނީ ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 38 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ބަލި އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅުތަކާ އެކު ރަށް އޮތީ މުޅިން ހަމަ ހިމޭންވެފައެވެ. ބޭރުތެރެއަށް އާއްމުން ނުކުމެ ނޫޅެއެވެ. ރަށުގެ ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދެވެ. ގިނަ ފިހާރަތައް ހުޅުވާފައި ހުޅުވާފައި ހުންނަނީ ހަމައެކަނި ޑެލިވަރީއަށެވެ.

ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.