ބ.ތުޅާދޫއަށް އުދަ އަރަނީ - ފޮޓޯ: ރުހުޝަތު

ތުޅާދޫ އަށް އުދަ އަރަނީ، ގެތަކުގައި ވެލި ބަސްތާ ޖައްސަން ފަށައިފި

ތުޅާދޫ އަށް އުދަ އަރަނީ، ގެތަކުގައި ވެލި ބަސްތާ ޖައްސަން ފަށައިފި

Share on twitter
Share on telegram

ބ.ތުޅާދޫ އަށް އުދަ އަރަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެއެވެ.

ތުޅާދޫގައި އުދަ އަރާފައި ވަނީ ތުޅާދޫ ހުޅަނގު އުތުރު ކަންމަތީ ސަރަޙައްދަށެވެ. މި ސަރަޙައްދަކީ ގިރުމުގެ މައްސަލަ ދިމާވެ މިހާތަނަށް އެ މައްސަލަ ހައްލު ނުކުރެވިފައިވާ ސަރަޙައްދެކެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިންތިޙާބީ ކައުންސިލްގެ ރަޢީސްއާއި މެމްބަރުން ހަރަކާތްތެރިވަނީ – ފޮޓޯ: ތުޅާދޫ އޮންލައިން

ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ދެމުން އެސަރަޙައްދުގައި ދިރިއުޅޭ އާންމު ރައްޔިތަކު ބުނީ އެ ސަރަޙައްދު ގިރާތީ އެސަރަޙައްދުގައި ދިރިއުޅެން ބިރުގަންނަ ކަމަށާއި މޫސުން ގޯސްވެ އުދަ އަރާ ދުވަސްވަރު ގޯތީގެ އިންފާރާ ހަމަޔަށް ރާޅު އަރާކަމަށެވެ.

އެގޮތުން މިއަދު މެންދުރު ފަހު 01:00 އިން ފެށިގެން އުދަ އަރަމުންދާ ކަމަށާއި ގޯތީގެ ވަށާފާރާ ހަމަޔަށް މިއަދުވެސް އުދަ އަރާފައިވާކަމަށެވެ. އަދި މިރޭ ދިޔަ ވަރު ބޮޑުވާ ވަގުތު އުދަ އަރައި ގޭތެރެއަށް ފެންވަދެ ތަކެއްޗަށާއި މީހުންނަށް ގެއްލުން ނުވާނެ ކަމުގެ އެއްވެސް އުންމީދެއް ނެއްކަންވެސް އޭނާ ފާހަގަ ކުރިއެވެ.

ގޭތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ – ފޮޓޯ: ތުޅާދޫ އޮންލައިން

ތުޅާދޫ ކައިންސިލްގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ ތުޅާދޫއަށް އުދަ އަރައިގެން އެކަން ރިޕޯޓް ކޮށްފައިވާ ކަމަށާއި، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގެ ގެތަކަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ހުސައިން އިތުރަށް ވިދާޅުވީ މިހާތަނަށް އެއްވެސް ގެއެއްގެ ތެރެއަށް އުދައިގެ ސަބަބުން ފެން ވަދެފައިވާކަމަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ.

އުދަ އަރާފައިވާ ސަރަޙައްދުގެ ގެއެއްގައި ވެލި ބަސްތާ ޖަހާފައި – ފޮޓޯ: ތުޅާދޫ އޮންލައިން

ތުޅާދޫ ގިރާ ސަރަޙައްދާއި ދިމާލުން އުދަ އަރަމުން ދާތީ އެސަރަޙައްދުގެ ރައްކާތެރިކަމަށް ގޭތަކުގެ ކައިރީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ތުޅާދޫ ކައުންސިލާއި، އިންތިހާބީ ކައުންސިލްގެ މެމްބަރުންނާއި އާންމު ރައްޔިތުން ދަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.