ބ. ތުޅާދޫން ހަތަކު މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވުމުން ތުޅާދޫއަށް އަރައިފޭބުން މަނާކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ތުޅާދޫ މޮނީޓަރިންގެ ހާލަތަށް ގެނައީ ތުޅާދޫން ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޓިވްވުމުން ކަމަށެވެ.
އެހެންވެ، ތުޅާދޫއަށް އަރައިފޭބުން މަނާކޮށް އެޗްޕީއޭ އިން ފޮނުވި އެންގުމުގައި ބުނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް މިވަގުތުން ފެށިގެން އެއްވެސް ބަޔަކު ރަށަށް އެރުމާއި ރަށުން ފޭބުން މަނާވާނެ ކަމަށެވެ.
ތުޅާދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެންނެވެ.
ކޮވިޑް-19 އަށް އަތޮޅު ތެރެއިން ވެސް މީހުން ޕޮޒިޓިވް ވަމުންދާއިރު، ބައެއް ރަށްރަށް މީގެކުރިން ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.



