ބ. ތުޅާދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކަރަންޓީނުގެ 10 ދުވަސް ހަމަވުމުން ކުރި ޓެސްޓުން ޕޮޒިޓިވްވެފައި ވަނީ އުމުރުން 30 އަހަރުގެ އަންހެނަކާއި 73 އަހަރުގެ އަންހެނެކެވެ. ޕޮޒިޓިވްވި ދެމީނުން ކަރަންޓީނުވެގެން ތިބީ އެއް ގެއެއްގަ އެވެ.
މިހާތަނަށް ތުޅާދޫން ކޮވިޑް 19 އަށް 07 މީހަކުވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 05 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ކޮވިޑް-19 ގެ މި ހާލަތުގައި ބ.ތުޅާދޫގައި 1114 މީހަކު ހޯމް ކަރަންޓީންވެފައި ވާއިރު، މިވަގުތުވެސް 26 މީހަކު ހޯމް ކަރަންޓީނުގައި ތިބިކަން ފާހަގަކުރެވެއެވެ.



