ބ.ތުޅާދޫގައި އިމާރާތްކޮށްފައިވާ 50 ހައުސިންގ ޔުނިޓް...

ތުޅާދޫގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތައް ލިބުނު ފަރާތްތައް އިއުލާން ކޮށްފި

ތުޅާދޫގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތައް ލިބުނު ފަރާތްތައް އިއުލާން ކޮށްފި

Share on twitter
Share on telegram

ބ. ތުޅާދޫގައި އިމާރާތްކުރި 50 ހައުސިންގ އުނިޓް ލިބުނު ފަރާތްތަކުގެ ލިސްޓް އާއްމު ކޮށްފިއެވެ.

މި 50 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އިއްޔެ ތުޅާދޫ ސްކޫލްގެ ހޯލްގައި ވަނީ ގުރުއަތު ނެގުން ކުރިޔަށް ގެންގޮސްފައެވެ.

ތުޅާދޫ ކައުންސިލުން ބުނީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގް ޔުނިޓުތަކުގެ ތެރެއިން 50 ޔުނިޓް ކަށަވަރުވެފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް، ކައުންސިލްގެ ގޯތި ވިލަރެސް ކުރާ ކޮމިޓީގެ 136 ވަނަ ޢާއްމު ބައްދަލުވުމުން 2020 އޮކްޓޯބަރ 23 ވަނަ ދުވަހު ފައިނަލް ކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އެ ލިސްޓް ކައުންސިލުން ފާސް ކުރުމަށް ބޭއްވުނު ބައްދަލުވުމުގައި ހައުސިންގ ޔުނިޓްތައް ލިބޭ މީހުން ހޮވާފައި ވަނީ ހައުސިންގ މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ޝަރުތުތަކާއި އެއް ގޮތަށް، މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ކަމަށެވެ. އަދި ހަމަ އެ ބައްދަލުވުމުގައި އެ ލިސްޓަކީ ސައްހަ ލިިސްޓެއް ކަމަށް ވަނީ ފާސްކޮށްފައެވެ.

ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ، 50 ހައުސިން ޔުނިޓަށް ޖުމްލަ 314 ފަރާތަކުން ވަނީ ފޯމް ހުށައަޅާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.