ތުޅާދޫ ކައުންސިލުގެ ފުޓްސަލް ޗެލެންޖް ފަށައިފި

ތުޅާދޫ ކައުންސިލުގެ ފުޓްސަލް ޗެލެންޖް ފަށައިފި

Share on twitter
Share on telegram

ތުުޅާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ފުޓްސަލް މުބާރާތް އިއްޔެ އެރަށުގައި ފަށައިފި އެވެ.

“ކިޔޫ އެންޑް ކިޔޫ ” ނަމުގައި އިއްޔެ ހަވީރު ތުޅާދޫ ސްޓޭޑިއަމުގައި ބޭއްވުނު ރަސްމިއްޔާތުގައި މިމުބާރާތް ޝަރަފްވެރި ކޮށްދެއްވީ ތުޅާދޫ ކައުންސިލު މެމްބަރު މުޙައްމަދު ތައުރީފް އެވެ.

މި މުބާރާތުގައި އިއްޔެ ވަނީ ދެ މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗު ދަ ހަޓްގެ މައްޗަށް 1-4 ގެ ނަތީޖާއިން ކުރި ހޯދައި ސެލިގިޑަމްއިން ވަނީ ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ، ސެލިގިޑަމްއަށް މި މެޗުގައި ދެ ގޯލް ކާމިޔާބުކޮށްދިން އީމަން އިލްޔާސްއެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ބަޑީ ބޯއީސް އާ ޔަންގް އިގަލް ސްޕޯޓްސްއެވެ. މި މެޗުގެ ފެށުމުގެ ކުރިން ވަނީ، މި ދެ ޓީމުގެ ސަޕޯޓަރެއް މީގެކުރިން ނިޔާވެފައިވާތީ އެއް މިނެޓުގެ ސުކޫތެއް ގެނެސްފައެވެ.

މި މެޗު ވަރަށް ފަސޭހަކަމާއެކު 1-6 އިން ކާމިޔާބުކޮށްފައިވަނީ ބަޑީ ބޯއީސްއިންނެވެ. މި މެޗުގައި ހެޓްރިކެއް ހަދައިފައެވެ.
މި މުބާރާތުގެ ކުޅުން މިއަދު ހެނދުނާ ހަވީރުވެސް ކުރިއަށްދާނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.